ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ މަންމާފުޅު އަވަހާރަވެއްޖެއެވެ.
ފަޒްނާގެ މަންމާފުޅު ޒަމީރާ އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ. އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން މިއަދުގެ ވަގުތެއްގަ އެވެ.
ފަޒްނާގެ މަންމަ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ފަޒްނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ދަންނަވައިފައެވެ.