English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ނިހާދު އެމަގާމުން ސަސްޕެންޑް ކުރީ ފަތުރުވެރިން ރާއްޖެ އައުމަށް ބިރުވެރިކަން އުފެދޭ ފަދަ މާހައުލެއް އުފެދެން މަގުފަހިވާނެހެން އިދިކޮޅު އެމްޑީޕީގެ ވެރިންނަށް ތުހުމަތުތަކެއް ކުރައްވައިފައިގެންނެވެ.

ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވީ މިދިޔަ ހަފްތާގައެވެ. އަދި މިހާރު އެ މިނިސްޓްރީއަށް ނުކުންނަވަން ވަނީ ފަށާފައެވެ. މިކަން ސަރުކާރުގެ ތަރުޖަމާނުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.

ނިހާދަކީ އެމްޑީޕީގެ ޓިކެޓުގައި 19ވަނަ މަޖިލީހަށް ހޮވިވަޑައިގެން، އައްޑޫ ސިޓީ ފޭދޫ ދާއިރާ ތަމްސީލު ކުރެއްވި މެންބަރެކެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ކުރީކޮޅު ރައްޔިތުން އެދޭތީ ކަމަށް ވިދާޅުވެ ނިހާދު ވަނީ ޕީއެންސީއަށް ސޮއި ކުރައްވާ އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ފައްޓަވާފައެވެ.