English Edition
Dhivehi Edition
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް - ފޮޓޯ: އަވަސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން ލަތީފް އިސްތިއުފާ ދެއްވައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހަސަން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ނައިބު ރައީސަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ހަސަން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.

ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ އަލުން އެމްޑީޕީއާ ގުޅޭނެ ކަމުގެ އަޑު ފެތުރިފައިވާއިރު ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވެސް ވަނީ އެ ޕާޓީ ދޫކޮށް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ)ވެސް ވަނީ އެ ޕާޓީން ވަކިވެފައެވެ.

އެމްޑީޕީ ތެރޭގައި އުފެދިގެން އައި ހަމަނުޖެހުންތަކާއެކު އުފެދިގެން އައި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ނަޝީދު މިހާރު ސިޔާސީ ކަންކަމާ ދުރުގައި ހުންނެވިއިރު ފާއިތުވި ދުވަސްތަކުގައި އެ ޕާޓީއަށް ސިޔާސީ ގޮތުން މާ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.