English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މާލޭގައި ހުންނަ ގެސްޓް ހައުސެއްގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އައްޑޫ ސިޓީ ހުޅުދޫ މީހެއްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ސ. ހުޅުދޫ، ބޮކަރުމާގެ، އަބްދުﷲ ޒަކީ، 59 ކަމަށެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާހާނާގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު ދޭއް ޖަހާކަށް ހާއިރު ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.