English Edition
Dhivehi Edition
މީގެ ކުރިން މާލެއަށް ކުރިން ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން ފެން ހިއްކުމުގައި ޙަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ރޭ މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ފާހާނާތަކުން ނަޖިސް ލީކުވުމާއި ގުޅިގެން އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާ 44 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާ 7 ގޭބީސީއެއްގެ 44 ފަރާތަކަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށެވެ.

ރޭ މާލެ އަށް ކުރި ވިއްސާރައިގައިވެސް މާލޭގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް އިން ވަނީ މާލޭގެ 7 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓާއިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ އަދި ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ 528 ވެލި ބަސްތާ ޖަހައިދީފައިވާކަމަށެވެ.