English Edition
Dhivehi Edition
ތިނަދޫ

ތިނަދޫ ސިޓީ ކައުންސިލަށް, ބަދަލު ނުވަނީސް މޭޔަރާއި ކައުންސިލަރުން، ސިޓީއެއްގެ ދަރަޖައިގައި ހިމެނޭ މުސާރަ ނެގިކަމަށް ބުނާ މައްސަލައެއް ލޯކަލް ގަވަމެންޓް އޮތޯރެޓީ އެލްޖީއޭއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެލްޖީއޭ އަށް ހުށަހަޅާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ނައިބު އަދި ގާނޫނީ ވަކީލް އަހްމަދު ރާގިބެވެ.

ގާނޫނުތަކާއި ހިލާފަށް ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މާލީ މަންފާއެއް ހޯދާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މި މައްސަލަ އާއި ގުޅިގެން އެލްޖީއޭއިން ވަނީ އޭނާ ފާހަގަކުރި ކަންކަަމަކީ ކޮރަޕްޝަންގެ އަމަލެއްކަމަށް ތުހުމަތުކުރެވޭ ކަންކަން ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަައިފިނަމަ އެ ކޮމިޝަނުން ތަހުގީގު ކުރާނެކަމަށްވެސް އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އެލްޖީއޭއިން ވަނީ އެ މައްސަލަ ފުލުހަށް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް އެދިފައެވެ.