English Edition
Dhivehi Edition
Ministry of Finance

ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން ސަރުކާރާއި އަމިއްލަ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަސް ފެށުމުގެ ކުރިން -/3000ރ ގެ އެލަވަންސް ލިބެންޖެހެއެވެ.

ސަރުކާރު މުވައްޒަފުންގެ ރަމަޟާން އެލަވަންސް 20 ފެބްރުއަރީ 2025 ގެ ކުރިން ދޭން ޖެހޭނެކަމަށް މިނިސްޓްރީ އޮފް ފައިނެންސް އިން ވަނީ އިއުލާން ކޮށްފައެވެ.

މިނިސްޓްރީ އިން ނެރުއްވި މާލިއްޔަތާބެހޭ ސާރކިއުލަރގައި ވަނީ 20 ފެބްރުއަރީގައި އެލަވަންސް ދިނުމަށްޓަކައި 18 ފެބްރުއަރީގެ ކުރިން ޕަބްލިކް އެކައުންޓް ސިސްޓަމަށް އެލަވަންސް އަޕްލޯޑް ކުރުމަށް އަންގާފައެވެ.

އެލަވަންސް ދޭން ހަމަޖެހިފައިވަނީ އެ މުވައްޒަފަކުގެ ދާއިމީ ވަޒީފާ އަދާ ކުރާ އޮފީހަކުންނެވެ. އަދި އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާ ކުރާ މުވައްޒަފެއް ނަމަ އިތުރު ވަޒީފާ އަދާ ކުރާ އޮފީހަކުން އިނާޔާތުގެ ފައިސާ ނުދިނުމަށްވެސް އަންގާފައިވެއެވެ.

ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް، “ޕޭ ލީވް” އަދި “ނޯ ޕޭ ލީވް” ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށްވެސް ވަނީ އަންގާފައެވެ. އަދި މިފަދަ “ލީވް” އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ ޢަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭންޖެހޭނެއެވެ.