English Edition
Dhivehi Edition

ނ. ހޮޅުދޫ ގެއެއްގެ ފާރު ވެއްޓި 3 މީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފާރު ވެއްޓިފައިވަނީ އެރަށު މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށްނެވެ.

އެ ރަށުގެ މީހަކު ބުނީ އަނިޔާވެފައިވަނީ އެ ރަށުގެ 3 މީހުންނަށް ކަމަށާއި އޭގެތެރެއިން އެކަކުގެ އުނަގަނޑުން ކަށިގަނޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އަނެކަކުގެ ކޮނޑު ހުޅަށް އަނިޔާ ވެފައިވާއިރު، ދެން ހުރި މީހާއަށް މާބޮޑު އަނިޔާއެއް ލިބުނުކަމަށް ނުބެލެވޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އަނިޔާވި މީހުން ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ހޮސްޕިޓަލަށް ގެންދިޔައީ ބައެއް ފަރުވާ އެރަށުގައި ދެވެން ނެތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޓެގު