English Edition
Dhivehi Edition
ފޮޓޯ: ސީމެކްސް

އައްޑޫ ސިޓީ އިން ފުރައިގެން މާލެ ދަތުރުކުރި ސީމެކްސް ބޯޓުގެ ފަޅުވެރިޔާ ގެއްލުނު ހާދިސާއާއި ގުޅިގެން އޭނާ ހޯދުމަށް 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފިއެވެ.

ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން ގެއްލުނު މީހާ ހޯދުމަށް ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ސަދަން އޭރިއާ ސްކޮޑްރަންގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަން ގައި ބަލައިފައިވާ ކަމަށާއި ނަމަވެސް އަދިވެސް ގެއްލުނު މީހާ ފެނިފައި ނުވާކަމަށެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ އިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ސީމެކްސް ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ބޯޓުން ގެއްލިގެން ހޯދަމުން ދަނީ ނޭޕާލު ރައްޔިތެއްކަމަށްވާ ރާޖު ކުމާރު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާ ބޯޓުގައި ނެތްކަން އެގުނީ އައްޑޫ ސިޓީއިން ފުރައިގެން ފުވައްމުލައް ސީޓީ އާއި ދެމެދު ކަނޑު މަތިން، ފުވައްމުލައް ސިޓީ އާއި 8 މެއިލަށް ކައިވެރިވެފައިވަނިކޮށް ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނައިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.