މޯލްޑިވްސް ނެޝަނަލް ލައިބްރަރީ އިން އައްޑޫގައި ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި އިވެންޓަކީ ނޭޝަނަލް ލައިބްރަރީ، ޓޭލަރސް ޔުނިވާސިޓީ މެލޭޝިއާ އަދި ކިއު ސްޓަޑީ މެލޭޝިއާ އިން އިންތިޒާމްކޮށް ކޯ ހޯސްޓްކޮށްގެން ބޭއްވި ލީޑަޝިޕް ކޭމްޕެކެވެ.
އައްޑޫއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި 30 މީހަކު ވަނީ ބައިވެރިވެފައެވެ.
މި ވޯކްޝޮޕްގައި ލީޑަރޝިޕްގެ އަސާސްތަކާއި މައްސަލަ ހައްލުކުރުމާއި ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ރަނގަޅު ނިންމުންތަކެއް ނިންމާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް ނެޝަނަލް ލައިބްރަރީއިން ވަނީ ބުނެފައެވެ.