English Edition
Dhivehi Edition
އީސީ މެމްބަރު ކަމުގެ ލިޔުން ޢަބްދުލްޙަސީބު އިސްމާޢީލް އަާއި ހަވާލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އަބްދުލް ހަސީބު އައްޔަން ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަބްދުލްޙަސީބު އިސްމާޢީލް އާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަބްދުލްޙަސީބު އިސްމާޢީލް، ކުރެއްވިއެވެ. ޢަބްދުލްޙަސީބު އިސްމާޢީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ.

ހަސީބު އީސީއަށް އައްޔަންކުރެއްވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު މިދިޔަ ނޮވެމްބަރު މަހު ހަމަވުމާއެކުއެވެ.