މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑާޓާ އާޓް ކޮމްޕެޓިޝަނަށް ވޯޓްދޭ ފަރާތްތަކުގެ މެދުގައި، ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ކޮމަމަރޭޓިވް ނޫޓެއް ދިނުމަށް ނިންމައިފިއެވެ.
އެމްއެމްއޭ އިން އެ އިދާރާގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ “ޑާޓާ އާޓް” މުބާރާތުގެ އެއް މަގުސަދަކީ ތަފާސް ހިސާބު އާޓްވޯކެއް ގޮތަށް ގެނެސް ދިނުން ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަދި މި މުބާރާތުގެ ސަބަބުން ތަފާސް ހިސާބު ތަފާތު އަދި އުފެއްދުންތެރި ގޮތަކަށް ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށާއި މީގެ ސަބަބުން ތަފާސް ހިސާބަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ
މި މުބާރާތުގައި އެމްއެމްއޭގެ ހަ ޓީމް ބައިވެރިވެއެވެ.
މުބާރާތުގެ އާޓް ވޯކްތަކަށް ވޯޓް ދިނުމަށް ތިރީގައިވާ ލިންކު ބޭނުންކުރެވޭނެއެވެ. ވޯޓް ދިނުމުގެ އެންމެ ފަހު ވަގުތަކީ އާދިީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
ވޯޓު ދިނުމަށް މި ލިންކް ބޭނުން ކުރެވޭނެ: https://www.mma.gov.mv/rc2024/#/vote