ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ.
މިއަދު ހެނދުނު ރޯވި މިއަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނައިރު އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ ހުންނަ އިމާރާތުގެ އަމީނީ މަގާ ދިމާއަށް ހުންނަ އިމާރާތުގައި ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ކުރަމުން އަންނައިރު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައެއް ނުވެއެވެ.
އަލިފާން ރޯވެފައިވާ އިމާރާތުގެ ކުރިމަތީގައި ހުރި އިމާރާތްތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު އެ އީމާރާތާ އިންވެގެން ހުންނަ އިންވައިރަމެންޓް މިނިސްޓްރީއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.