English Edition
Dhivehi Edition
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ބޭނުންކުރާ އެމްޕީއެލްގެ ބަހެއް: ފޮޓޯ އަޒީމް

މިނިސްޓްރީ އޮފް ޔޫތް، އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން 2024 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އަންހެނުންނަށް ޙާއްސަ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން ބުނީ މި ޕްރޮގްރާމްގެ ތެރެއިން 4 ވެލްޑަރުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން 2 ކާރޕެންޓަރުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 8 ނިންމާފައިވުމާއެކު އުމުރު 18 އަހަރާއި 35 އަހަރާއި ދެމެދު މީހެއް ކަމުގައި ވުން ހިމެނެއެވެ. މެރިން މެކޭނިކް (މެރިން އިންޖިނިއަރިންގ) އަށް ދެމީހުން ނެގުމަށް ހަމަޖެހިފައިވާއިރު މެޝިނިސްޓް ގެ މަގާމަށް ދެ މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލް އިމްތިޚާނުން މަދުވެގެން 3 މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން. އަދި މި 3 މާއްދާ ތެރޭގައި ހިސާބު ހިމެނިފައިވެއެވެ.

މީގެ އިތުރުން ނެގުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި

  • އިލެކްޓްރީޝަން (އިލެކްޓްރިކަލް އިންޖިނިއަރިންގ) – 3 މީހުން
  • މެކޭނިކް (ވެހިކަލް ރިޕެއަރ) – 02 މީހުން
  • އެއަރ ކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން – 03 މީހުން

މި ޕްރޮގަރާމުގައި ބައިވެރިވުމުގެ މުއްދަތު ޑިސެމްބަރ 08 ވަނަ ދުވަހުގެ 14:00 ގެ ހަމަވާއިރު، މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެވޭނެއެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ.