English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ ޒުވާނުންނާއި ދި ފޭދޫ ޖަމިއްޔާ ގުޅިގެން މި ރޯދަމަހު ބައްވަމުންގެންދާ “ހެޕީ މާކެޓް ރަމަޟާން ވޮލީ ބޯލް ޓޯނަމެންޓް”ގައި ރޭ ކުޅުނު މެޗު ޗެމްޕިއަންޓީމް މޮޅުވެއްޖެއެވެ. ޓީމް ޕެޓްއާ ބައްދަލުކުރި މެޗު ޗެމްޕިއަން ޓީމް ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މިމެޗުގެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ޕެޓްގެ ޖާޒީ ނަންބަރ 12 އައިޝަތު ނާޒިމާއެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗެމްޕިއަން ޓީމްގެ ޖާޒީ ނަމްބަރ 9 އިބްރާހީމް މޫނިޝްއެވެ. ޖުމްލަ ހަތަރު ޓީމްގެ މެދުގައި ލީގު އުސޫލުން ބާއްވާ މިމުބާރާތުގައި 10 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ޖުލައި 26 ވަނަ ދުވަހުގައެވެ. ރަމަޟާން ވޮލީބޯލް ޓޯނަމެންޓްގެ 2017 ގެ މެއިންސްޕޮންސަރ އަކީ ހެޕީމާކެޓެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. ހެޕީމާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓްގައި މިރޭވެސް އެއް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 10 ޖަހާއިރު ފޭދޫ ވޮލީ ކޯޓުގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ މިކްސް ސިކްސް އަދި ކްލަބް އީޖޭޕީއެވެ.