English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަކުރެއްވި ކަމަށް ދެކެވެމުންދާ ވާހަކަ ދޮގުކޮށްފިއެވެ.

މަޖިލީހުގެ ރައީސް އަދި ރައީސް ނަޝީދު، ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި މިއަދު ހެނދުނު ބައްދަލުކުރެއްވި ކަމަށް ބުނެ “އަދަދު” ނޫހުން ޝާއިއުކޮށްފައިވާ ހަބަރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނީ މަޖިލީހުގެ ރައީސް އަދި ރައީސް ނަޝީދު ބައްދަލުކުރެއްވި ކަމަށް ބަޔާންކޮށް ލިޔެފައިވާ އެ ހަބަރަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެ 2 ބޭފުޅުން މިއަދު ބައްދަލުކުރައްވާފައިނުވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

ކްލައިމެޓް ވެލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވުމަށް ރައީސް ނަޝީދު ވަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ރައީސް ނަޝީދު ވަނީ މާލެ ވަޑައިގެންފައެވެ.