English Edition
Dhivehi Edition
ސައުދު ޕީޕީއެމް، ޕީއެންސީ ޖަލްސާގައި - ފޮޓޯ: ޕީޕީއެމް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން، މިއަދު ހެނދުނު 10 އިން މެންދުރުފަހު 2 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

ޕީއެންސީ އިން ވަނީ އިންތިހާބުގައި ވޯޓުލުން ކުރިޔަށް ދާނެ އަތޮޅުތަކާއި ރަށްތައް އިއުލާން ކޮށްފައެވެ. އެގޮތުން ވޯޓުލުން ކުރިއަށް ދާނީ ގއ، ގދ، ލ، ތ، މ، ދ، އއ، ކ، ބ، ރ، ނ، ޅ، ށ، އދ، ސ، ޏ، ހއ އަދި ހދ އަތޮޅުގެ ރަށްތަކުގައި ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ. ޕީއެންސީ އިން ބުނީ ރަށްރަށުގައި ވޯޓުލުން ކުރިއަށް ދާނީ އެރަށެއްގެ ސުކޫލު އިމާރާތުގައި ކަމަށާއި، މާލޭގައި ނަމަ ދަރުބާރުގޭގައި ކަމަށެވެ.

ޕީއެންސީން ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ލިސްޓުތައް އާންމުކޮށްފައި ވާއިރު، ޖުމްލަ 91 ދާއިރާއެއްގެ ތެރެއިން ލިސްޓުގައި ވާގޮތުން 32 ދާއިރާއެއްގެ މަގާމުތަކަށް އެއްވެސް އިންތިހާބެއް ނެތި މެންބަރުން ވަނީ ހޮވިފައެވެ.