އައްޑޫ ސިޓީ ހުޅުމީދޫގައި އިތުރު 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ބިނާކުރުމަށް ނިންމާފައިވާކަމަށް ފިޝަރީސް މިނިސްޓަރީން ބުނެފިއެވެ.
ފިޝަރީސް މިނިސްޓަރީން ބުނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެވެ. މީގެ ސަބަބުން އައްޑޫ ސިޓީގެ މަސްވެރިންނަށް މަސް ކިރުވުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.
ހއ އަތޮޅުގެ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން އެ އަތޮޅު އިހަވަންދޫގައި ބްރައިން ފްރީޒިންގްއާއިއެކު 1000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖް އެޅުމަށް ނިންމާފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.
މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްއިން ފައިސާ ހަމަޖެހިފައިވާ މަޝްރޫއެކެވެ. މުލަކުއަތޮޅުގެ މަސްވެރިންނަށް މަސް ކިރުވުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމުގެ މަސައްކަތް ވަނީ ސައުދީގެ އާރް އޯ އެސް ފޮރ ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގ ކުންފުންޏާއި އެކު އެގްރިމެންޓްގައި ސޮއިކޮށްފައެވެ.
މި ފެސިލިޓީ އަކީ ދުވާލަކު 50 ޓަނުގެ މަސް ބްރައިން ފްރީޒް ކުރެވޭ ކެޕޭސިޓީއާއެކު އަޅާ ފެސިލިޓީއެކެވެ. މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހ ބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާ ދެމެދުގައެވެ. 28 އޮކްޓޯބަރ 2024 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ސްޓޯރޭޖްގެ ޑިޒައިނިންގ މަސައްކަތާއެކު މި ފެސިލިޓީ އަޅައި ނިންމުމަށް 300 ދުވަސް ދެވިފައިވެއެވެ. މުޅި މަޝްރޫޢަށް 5.188 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ.