English Edition
Dhivehi Edition

ވިހިވަނަ ގަރުނުގައި ދިވެހީން ދުށް ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށްދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޖުމްހޫރިއްޔަތެއް ރައްޔިތުން ބަލައިގަތުމުގެ މާނައަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނާ ބެހޭ ގޮތުންނާއި ޤައުމުގެ ތަރައްޤީގެ ކަންކަން ނިންމުމުގައި ދިވެހި ރައްޔިތުންގެ ޙިއްސާއާއި ބައިވެރިވުން އޮތުންކަމަށެވެ. މިއީ ދިވެހި ރައްޔިތުން 20ވަނަ ޤަރުނުގައި ބޭނުންވިގޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި އެކި ވެރިކަންތައް ހިނގާފައިވާއިރު، އެ ވެރިކަންތަކުގައި ނަމަށް އަންނަ ބަދަލަށްވުރެ ކަމަށް އަންނަ ބަދަލު މުހިންމުވާ ކަމަށެވެ. މިގޮތުން، ރައްޔިތުންނަށް މަންފާ ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ވެރިކަން ހިންގުމުގައި އޮންނަ އިޚްލާސްތެރިކަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ވެރިކަމުގައި ހުންނަވާ ބޭފުޅެއް، ހިންގަވަން ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް އިޚުލާސްތެރިކަން ރައްޔިތުންނަށް މަންފާ ލިބުމުގައި އެންމެ ބޮޑުދައުރެއް އަދާކުރަނީ. މިއަދަށް ބަލާއިރު 20ވަނަ ޤަރުނުގެ ދިވެހި ރައްޔިތުން ދުއް ހުވަފެން ޙަޤީގަތަކަށް ވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ މިއަދު ކަމަށް ދަންނަވާކަށް އަޅުގަނޑު ފަހެއް ނުޖެހޭ” ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވިއެވެ.

ކޮންމެ ރައްޔިތަކު ވެސް ހެޔޮ ވިސްނުން ކިރައި، ވަޒަންކޮށްލައިފިނަމަ ވިހިވަނަ ގަރުނުގައި ދިވެހީން ދުށް ހުވަފެން ހަގީގަތަކަށް ވާތަން ފެންނަނީ މިއަދު ކަން ހިތުގެ އެންމެ ފުން މިނުން ގަބޫލުކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އެކަމުގެ ފަހަތުގައި ތިން ސަބަބެއްވާ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ،

މިގޮތުން، ރައީސް މުއިއްޒުގެ ހިތްޕުޅުގައި އޮތް ދިވެހި ގައުމާއި ދިވެހީންނާ މެދު އޮތް ވިސްނުންފުޅު ހުށަހެޅުއްވީ ވަރަށް ތަރުތީބުން، ސާފުކޮށް، ލިޔެވި ހާމަވެގެންވާ ގޮތެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.