ޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގައި މަސައްކަތް ކުރުމުގެ އިންޓާންޝިޕް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އެންޑީއޭގެ ޗެއާޕާސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ މި ސަރުކާރުން އެންޑީއޭގެ މަސައްކަތްތަކާ ހަވާލުވި ކޮށްފައިވާއިރު އެ ތަނުގައި މަސައްކަތްކުރާނެ ސައިކެޓްރިސްޓެއް ވެސް ނެތް ކަމަށެވެ. އެކަމަކު މިހާރު އެކަމަށް ކުރި މަސައްކަތުން، މަސައްކަތް ކުރާނެ އިތުރު މުވައްޒަފުންނާއި ދެ ސައިކެޓްރިސްޓުން ވެސް ހޯދިފައިވާކަމަށެވެ.
މީގެ އިތުރުން ލުބްނާ ވިދާޅުވީ އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ކުދިންނަށް އެންޑީއޭގައި އިންޓަރންޝިޕްގެ ފުރުސަތު އަންނަ ހަފްތާތެރޭގައިި ހުޅުވާލާނެ ކަމަށެވެ. އަދި ސައިކޮލިޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ އަދި މިހާރު ކުރަމުން އަންނަ ފަރާތްތަކަށް ވެސް މި ފުރުސަތުގައި ބައިވެރިވެވޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.
“ޕިއަރ ތެރަޕިސްޓުންނާއި ޕިއަރ ރިވަރަރީ މެންޓަރސްއަކީ އެންޑީއޭއަށް ވަރަށް މުހިންމު ދާއިރާތަކެއް. އަޅުގަނޑު އުންމީދުކުރަން ލެވެލް އަދި އޭލެވެލް ހަދާފަވިޔަސް ނުވަތަ ޑިގްރީ ހަދާފަތިބި ޒުވާނުންވެސް ވަޒީފާގެ ތަމްރީނު ހޯދުމަށްޓަކައި އެންޑީއޭއާ ގުޅިވަޑައިގެންފިނަމަ ވަޒީފާގެ އިތުރު މަރުހަލާއަކަށްދާއިރު އިތުރު ތަމްރީނުތަކެއް ލިބޭނެ ކަމަށް. ޒުވާނުން ވަޒީފާގެ ތަމްރީން ހޯދުމަށްޓަކާ ނެޝެނަލް ޑްރަގް އެޖެންސީއާ ޖޮއިންކުރައްވައިފި ނަމަ ވަޒީފާގެ އިތުރު މަރުހަލާތަކަށް ދިރިއުޅުމުގަ ދާއިރު ރަނގަޅު ތަމްރީނެއް ލިބޭނެއޭ. އަޅުގަނޑުމެން ހަމަ މިކަމަށް ވެލްކަމް ކުރަން އިނގޭތޯ ހުރިހާ ޒުވާނުންނަށްވެސް.” ލުބްނާ ވިދާޅުވިއެވެ،
އިންޓަރޝިޕަށް ހުޅުވާ ދާއިރާތަކުގެ ތެރޭގައި ލީގަލް އެސިސްޓަންޓުންނާއި ކައުންސިލަރުންގެ އެސިސްޓަންޓުން ވެސް ހިމެނޭކަން ފާހަގަކުރައްވާ ލުބްނާ ވަނީ ޒުވާނުންނަށް މި ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ގޮވާލައްވާފައެވެ.