English Edition
Dhivehi Edition
ހިތަދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ އެސެމްބްލީގެ ތެރެއިން

ދެކުނުގެ އަތޮޅުތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށް ލީޑާޝިޕް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެކުނުގެ ހަތަރު އަތޮޅުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ހާއްސަކޮށް ލީޑާޝިޕް ޓްރޭނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިއީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މައުލޫމާތު ޕްރިންސިޕަލުންނާ ހިއްސާކޮށް، އަހުލުވެރިކުރުވުމަށްޓަކައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިތުރުން ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ އެ ތަމްރީނު ޕްރޮގްރާމްގެ އެ ބުރު ކުރިއަށް ދިޔައީ ދިޔައީ މި މަހުގެ 13 އިން 12 އަށް އައްޑޫ ސިޓީގެ އައްޑޫ ހައި ސްކޫލުގައި ކަމަށެވެ.

އަދި އެ ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިއާގެ ސެގި ޔުނިވަރސިޓީއިން ކަމަށް ވެސް މިނިސްޓްރީންވަނީ ބުނެފައެވެ، މި ތަމްރީނު ޕްރޮގްރާމްގައި ގއ. ގދ. ސ. އަދި ޏ. އަތޮޅުގެ ސްކޫލުތަކުން 30 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.