English Edition
Dhivehi Edition
މަރަދޫ ގެއެއްގައި އަލިފާން ރޯވުން

އައްޑޫ ސިޓީ މަރަދޫ އަތަމާގޭގެ ގުދަނަކާއި ހަޓެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

ރޭ ފަތިހު 5:30 އެހާކަށްހާ އިރު ރޯވި އަލިފާންގަނޑު އާންމުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ފުލުހުން ގުޅިގެން ނިއްވާލާފައިވާ އިރު އެތަންތަމުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައިފައެވެ.

ގާޑިޔާ ވިޔަފާރި ހިންގަމުން އައި އެތަނުގައި އަލިފާން ރޯވާން މެދުވެރި ސަބަބު ކަމާއި ގުޅޭ އިދާރާތަކުން ހާމަކޮށްފައި ނުވާއިރު ލިބުނު ގެއްލުމުގެ ތަފްސީލެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.