English Edition
Dhivehi Edition
ފުލުހުން ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަނީ - ފޮޓޯ: ޕޮލިސް

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ މަރުވެފައި އޮއްވާ ފެނުނީ އަހްމަދު ފަޔާޒް، މ. ނަލަހިޔާ މަންޒިލް / މާލެ އެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގައިި އުމުރުން 57 އަހަރުގެ ދިވެއްސަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ 11:30 ހާއިރު ލިބުމާއެކު ވަގުތުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފަޔާޒްގެ މަރުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ނުފެންނަ ކަމަށާއި، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.