English Edition
Dhivehi Edition
ޝަރަފުއްދީން ސްކޫލުން ހިންގި ޙަރަކާތެއްގެ ތެރެއިން/ފޮޓޯ ޝަފަރުއްދީން ސްކޫލް

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މިއަހަރު ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ފާހަގަ ކުރާނެ ގޮތުގެ ސާކިއުލާއެއް ހިއްސާކޮށްފައެވެ.

މި ގޮތުން މިނިސްޓްރީގެ ސާކިއުލާގައިވަނީ އަގުބޮޑު ހަފްލާތަކަށް ވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސްތައް ފާހަގަކުރުމަށް އެދިފައެވެ. އަދި މި ދުވަސް ފާހަގަކުރުމަށް އޮކްޓޯބަރު މަހުގެ 6 އިން 10 އާ ދެމެދު ހަރަކާތްތައް ބޭއްވުމަށާއި ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމަށް އަންގާފައެވެ. އަދި ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުވާ ގޮތަށް ކުރިއަށް ގެންދިއުމާއި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.