English Edition
Dhivehi Edition
ހުޅުމާލެ ހޮސްޕިޓަލް: ފޮޓޯ ވީ ނިއުސް

ހުޅުމާލޭގައި ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް 2 ބްރިޖު މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 24 އަހަރުގެ ޒުވާނަކަށެވެ.

އިތުރަށް ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ. އެހެންނަމަވެސް އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އިރު ބަލަންޖެހޭ އިތުރު ކަންކަން ބަލުމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.