ޏ. ފުވައްމުލަކުގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުނު ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:32 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ 2 ބިދޭސީންނާއި 2 ދިވެހިންނަށް ކަމަށެވެ. މި 4 މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މި ހާދިސާގެ ވީޑިއޯ އިން ފެންނަ ގޮތުން އެކެއްގެ ފައި ބިއްލޫރި ގަނޑު ދަށުގައިވާ މަންޒަރު ފެނެއެވެ.