English Edition
Dhivehi Edition

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުން ހިނގަމުންއައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ (ކޭމް) މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ކޭމް އަކީ ރާއްޖޭގެ ކޮމިއުނިކޭޝަން ދާއިރާ ރެގިއުލޭޓުކޮށް، ކުރިއެރުވުމުގެ ޒިންމާ މަތިކޮށްފައިވާ އޮތޯރިޓީއެކެވެ. މި އޮތޯރިޓީ 2016ވަނަ އަހަރު އުފެއްދި އިރު، މިދިޔަ ސަރުކާރުގައި މި އޮތޯރިޓީ އޮތީ އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުގައެވެ. މި އޮތޯރިޓީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މި ސަރުކާރުންނެވެ. އޭގެ ފަހުން މިހާރު ދެން މިއޮތޯރިޓީގެ ހިންގުން ކުރިއަށްދާނީ ހޯމްމިނިސްޓްރީގެ ދަށުންނެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތައް:

1- މޯލްޑިވްސް އިމިގްރޭޝަން

2- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)

3- ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)

4- ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)

5- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

6- ނޭޝަނަލް ސައިބާ ސެކިއުރިޓީ

7- ލޭބަ ރިލޭޝަން އޮތޯރިޓީ (އެލްއާރުއޭ)

8- ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)