English Edition
Dhivehi Edition
ފުލުހުން ނައްތާލި ބަނގުރާފުޅިތައް ފޮޓޯ: ޕޮލިސް އެމްވީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މި މަހު 2 ވަނަ ދުވަހު ނައްތާލާފައިވަނީ މި އަހަރުގެ ޖޫން 25 އިން އޮގަސްޓު 26 ވަނަ ދުވަހުގެ ނިޔަލަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފްއިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ 366 ފުޅި ބަނގުރަލާއި 108 ބިޔަރު ދަޅު ކަމަށެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.