English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ޑްރަގްކޯޓުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

އެ ކޯޓުން ވައްކަން ކުރި މައްސަލައިގައި އައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ދެކުލައަރާގެ މުހައްމަދު އަސްލަމް (32އ) އެވެ.

ފުލުހުން ބުނީ ޑްރަގް ކޯޓުން ވައްކަން ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ކަަމަށާއި އެ މައްސަލައިގައި މުހައްމަދު އަސްލަމް ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.