English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކާރު ދުއްވި، ގާޒީ ސަލާހުއްދީން (44އ) ބަނގުލަދޭޝް ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނުން، އޮގަސްޓު 31 ވަނަ ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ނިރޮޅުން މަގުން ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. ފުލުހުން ބުނީ ތުހުމަތުކުރެވިގެން އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު 168 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.