English Edition
Dhivehi Edition
އާމިރު ހާންގެ އާއިލާ

ހިންދީ ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު ޚާން އަކީ ތިން ކުދިންގެ ބައްޕައެކެވެ. އީރާ ޚާން، ޖުނައިދު ޚާން، އަދި އަޒާދު ޚާން އެވެ. އާމިރު ވަނީ އޭނާގެ ދިރިއުޅުމުގެ ފިލާވަޅުތަކާއި، ލާލް ސިންގް ޗައްދާގެ ނާކާމިޔާބީއާއި، އުމުރުން 59 އަހަރުގެ ސުޕަސްޓާ ބައިވެރިއަކު ހޯދުމަށް އެދޭ ގޮތާ ބެހޭ ގޮތުން ދާދި ފަހުން ވާހަކަދައްކާފައެވެ.

ރިއާ ޗަކްރަބަތީގެ ޕޮޑްކާސްޓް، ޗެޕްޓަރ 2 ގައި އޭނާ އެންމެ ފަހުން ދިން އިންޓަވިއުގައި އޭނާ ވަނީ ދިރިއުޅުމުގެ ގިނަ ވާހަކަތައް ހިއްސާކޮށްފައެވެ. އާމިރު ބުނީ އޭނާގެ މާޒީއާ މެދު ވިސްނާލުމުން، އޭނާގެ ކުދިން ކަމަށްވާ އިރާ، ޖުނައިދު، އަދި އަޒާދުގެ ދިރިއުޅުމުގައި އޭނާގެ ހިއްސާކުޑަކަން މިހާރު އިހްސާސްކުރެވޭ ކަމަށެވެ. އަދި ޑައިރެކްޓަރުންނާ ގުޅިގެން އުޅުނު ނަމަވެސް ދަރިންގެ ދިރިއުޅުމުގައި ހުރިި ގޮންޖެހުންތައް އޭރު ނޭގުނުކަމަށް އާމިރް ބުންޏެވެ. އިތުރަށް އާމިރު ބުނީ އޭނާގެ ކެރިއަރަށް ފޯކަސް ކުރަން އުޅުމުގެ ތެރެއިން އޭނާގެ ދަރިންނާއި އެކު އެކަށީގެންވާ ވަގުތު ހޭދަކުރެވިފައި ނުވާކަމަށެވެ.

އިތުރަށް އާމިރު ބުނީ ކުރިން، އޭނާގެ އަންހެން ދަރިފުޅު އިރާޑިޕްރެޝަން އާއި ކުރި ހަނގުރާމައިގައި އޭރު އޭނާ ‘ބޭނުން’ ވިކަމަށެވެ. މިއަހަރު މަހާރާޖްއާއި އެކު ފިލްމީ ކެރިއަރު ފެށި ދަރިފުޅު ޖުނައިދުގެ ވާހަކަ ދައްކަމުން އާމިރު ބުނީ އޭނާއާ ނުލައި ޖުނައިދު ދިރިއުޅުން ހޭދަކޮށްފައިވާކަން ހާމަކޮށްފައެވެ. ޖުނައިދު އޭނާގެ ކެރިއަރުގެ ‘އެންމެ ބޮޑު ފިޔަވަޅު’ އަޅަމުންދާއިރު، ސުޕަސްޓާ އޭނާއާ އެކު ހުންނަން ޖެހޭ ކަމަށް ލާޕަތާ ލޭޑީސްގެ ޕްރޮޑިއުސަރު އާމިރު ބުންޏެވެ. އުމުރުން 59 އަހަރުގެ އެކްޓަރު ވެސް ވަނީ އޭނާގެ ހަގު ދަރިފުޅުގެ އުމުރުން 9 އަހަރުގެ ވާހަކަ ދައްކައި ވަރަށް އަވަހަށް ފުރާވަރުގެ ކުއްޖަކަށް ވާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އަޒާދުގެ ކުޑައިރުގެ ދުވަސްތައް އަނބުރާ ނާންނާނެ ކަމަށް އާމިރު ބުންޏެވެ.

އާމިރު ބުނީ އޭނާގެ ފޯކަސް އަބަދުވެސް ހުރީ ބެލުންތެރިންގެ ހިތް ހޯދުމަށް ކަމަށެވެ. އަދި ދަރިންގެ އިހުސާސްތަކާއި ބޭނުންތަކުގެ އެއްވެސް ހިޔާލެއް ނެތްކަމަށް އޭނާ ބުންޏެވެ. ‘އަހަރެންގެ ޓީމާއި ޑައިރެކްޓަރުންގެ ހުރިހާ ކަމެއް އެނގޭ ނަމަވެސް އަމިއްލަ ދަރިންގެ ގޮންޖެހުންތަކާ މެދު ނޭނގުނު،” ޖަޒުބާތާއެކު އާމިރު އިތުރަށް ބުންޏެވެ.

އާމިރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އާރުއެސް ޕްރަސާނާގެ ކުރިއަށް އޮތް ޑައިރެކްޓަރު ސިތާރޭ ޒަމީން ޕާރ އިންނެވެ.