English Edition
Dhivehi Edition
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން، ސ.އަތޮޅު މަދަރުސާގެ ކެޑޭޓު ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އައްޑޫ ސިޓީ މީދޫގައި މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ސ.އަތޮޅު މަދަރުސާގެ 58 ކެޑޭޓު ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ.
މި ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.