English Edition
Dhivehi Edition

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ މުއައްސަސާއަކަށް އިސްކަންދަރު ސްކޫލް ހޮވިއްޖެއެވެ.

ރޭ ކުރިއަށްދިޔަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ އެއްވަނަ މުއައްސަސާއަށް ތަށްޓާއި، ފައިސާގެ އިނާމާއި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި މުބާރާތުގެ މުއައްސަސާތަކުގެ ބައިން ދެވަނަ ލިބިފައިވަނީ އަމީނިއްޔާ ސްކޫލްއަށެވެ. މުއައްސަސާތަކުގެ ބައިން ތިންވަނަ ލިބިފައިވަނީ އަރިއަތޮޅު އުތުރުބުރީ ކައުންސިލްއަށެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެއްވަނަ ހާސިލްކޮށްފައިވަނީ އަރިއަތޮޅު އުތުރުބުރީ ކައުންސިލުންނެވެ. އެހެނިހެން މުއައްސަސާތަކުން ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ވަނަ ލިބިފައިވަނީ ކެލާ ޔޫތު ފޯރަމްއަށެވެ. މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން ސިޓީ ސްކޫލްތަކުގެ ތެރެއިން ދެވަނަ ލިބިފައިވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އަތޮޅު ކައުންސިލްތަކުގެ ތެރެއިން ދެވަނަ މާލެ އަތޮޅު ކައުންސިލަށް ލިބިފައިވާއިރު، ނުބަލާ ކިޔެވުމުގެ ގޮފިން ދެވަނަ ލިބިފައިވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށެވެ. މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ސިޓީ ސްކޫލްތަކުގެ ތެރެއިން ދެވަނަ ހާސިލްކޮށްފައިވަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއިންނެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އަތޮޅު ކައުންސިލްތަކުގެ ތެރެއިން ތިން ވަނަ ލިބިފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްއަށެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފިން ތިން ވަނަ ލިބިފައިވަނީ އަތޮޅު ކައުންސިލްތަކުގެ ތެރެއިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށެވެ. މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ސިޓީ ސްކޫލްތަކުގެ ތެރެއިން ތިން ވަނަ ލިބިފައިވަނީ ޖަލާލުއްދީން ސްކޫލަށެވެ. ނުބަލާ ކިޔެވުމުގެ ގޮފިން ސިޓީ ސްކޫލްތަކުގެ ތެރެއިން ތިން ވަނަ ލިބިފައިވަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށެވެ. މީގެ އިތުރުން ބަލައިގެން ކިޔެވުމުގެ ގޮފިން މުއައްސަސާތަކުގެ ތެރެއިން ތިން ވަނަ ލިބިފައިވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްއަށެވެ.