English Edition
Dhivehi Edition

ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެން އޮތް އެންމެ ފައިދާހުރި އަދި މޮޅުގޮތަކީ ފުޓުބޯޅައިން ރިޓަޔަރ ކޮށްފައި ގޭގައި އަރާމުކުރަން އޮތުން ކަމަށް، މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކާމިޔާބު ކޯޗު އަދި ރޮނާލްޑޯގެ އެންމެ ގާތް އެކުވެރިޔާ އެލެކްސް ފާގަސަން ބުނެފިއެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެ ބޮޑު ފުލޮޕެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން އަންނަ ދުނިޔޭގައި މިވަގުތުވެސް ތިބި އެންމެ މޮޅު އަދި އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ރޮނާލްޑޯ ހުސްއަތާއި މުބާރާތް ނިންމާލަން ޖެހުމާއި މެދު ވާހަކަދައްކަމުން ފާގަސަން ބުނީ ރޮނާލްޑޯއަކީ މޮޅު އަދި ހުނަރުވެރި، އެހާމެ ކާމިޔާބު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އުމުރުން ދުވަސްވެ، މުސކުޅިވާ ހިސާބުން ދެން ގަބޫލުކުރަން ޖެހޭނެ ހަޤީޤަތަކީ ކުރީގައި ދެއްކި މޮޅު ކުޅުން ނުދެއްކޭނެކަމަށް ކަމަށެވެ.

ފާގަސަން ބުނީ ރޮނާލްޑޯ ކުލަބު ފެންވަރުގައި ކުޅުނު ނަމަވެސް މިހާރު ބައިނަލްއަޤުވާމީ ފުޓުބޯޅައިން ދުރައްޖެހެން ވެއްޖެކަމަށާއި މިހާރު އޭނާއަށް ފުޓުބޯޅައިގައި މުސްތަޤުބަލެއް އޮތްކަމަށް ގަބޫލުނުކުރާކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯ އަދިވެސް ބޭނުންވަނީ 2026ގެ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލް ގައުމީޓީމާއި އެކު ކުޅެން ކަމަށާއި ނަމަވެސް އެކަން އެހެން ވާނޭކަމަށް ގަބޫލުނުކުރެވޭކަމަށެވެ.

ފާގަސަން ބުނީ އަންނަ ވޯލްޑްކަޕް ގައި ރޮނާލްޑޯއަށް ކުޅެވޭނެކަން ގަބޫލުނުކުރެވޭ ކަމަށާއި އެއީ ޔޫރޯ މުބާރާތުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ދައްކުޅުމަށް ބަލާފައި ވުމަށްވުރެ ނުވުން ގާތްކަމަށް ކަމުގައި ފެންނާތީ ކަމަށެވެ. ފާގަސަން ބުނީ ޔޫރޯގައި ކުޅުނު މެޗުތަކަށް ބަލާއިރު، ރޮނާލްޑޯއަށް ދެން އިތުރަށް ކުރިއަށް ދެވެންނެތްކަން ވަރަށް ބޮޑަށް ސާފުވިކަމަށެވެ. އަދި ދެން ރޮނާލްޑޯއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރިޓަޔަރ ކުރުމަށް ފަހު ގޭގައި އޮތުން ކަމަށް ފާގަސަން ބުންޏެވެ.

” 2026ގެ ވޯލްޑް ކަޕުގައި ރޮނާލްޑޯއަށް ކުޅެވިދާނެކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެއީ އުމުރުން ދުވަސްވިވަރަކަށް ކުޅުމުގެ ފެންވަރު ދަނީ ފަނޑުވަމުން. ޔޫރޯ މުބާރާތުގައި ރޮނާލްޑޯގެ މިހާރު ހުރި ފެންވަރު ވަރަށް ސާފުވެއްޖެ. ރޮނާލްޑޯއަށް އޮތް އެންމެ ރަނަގަޅުގޮތަކީ ފުޓުބޮޅައިން ރިޓަޔަރ ކުރުމަށް ފަހު ގޭގައި އަރާމުކުރަން އޮތުން.” ފާގަސަން ބުނެފައިވެއެވެ.