ލާމު ލިންކު ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ ލާމު ލިންކު ރޯޑުން މާންދޫއިން ގަމަށް ދަތުރު ކުރަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް އަލިފާން ނިވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިހާރު އަލިފާން ނިއްވާލާފައިވާއިރު، ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.