English Edition
Dhivehi Edition
ޝަމްނާޒް ފޮޓޯ: މާލެ ސިޓީ ކައުންސިލް

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝަމްނާޒްގެ އިތުރުން 2 މީހަކު މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މި ތިން މީހުންގެ ބަންދަށްވެސް 7 ދުވަސް ޖަހާފައިވާކަމަށެވެ.

އެހެންނަމަވެސް މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

‘އޭއޯ ނިއުސް’ އަށް އެނގިފައިވާ ގޮތުން ޝަމްނާޒް އާއި އިތުރު 2 މީހުން ހައްޔަރު ކުރީ ސިހުރާ ގުޅުން ހުރި މައްސަލައެއްގައެވެ.