English Edition
Dhivehi Edition

އާންމުންގެ ކުރިމަތީގައި އައުރަ ނިވާ ނުކޮށް ބަރަހަނާ ވެގެން އުޅުމަކީ ދިވެހިންގެ ސަގާފަތެއް ނޫންކަމަށާއި އެކަން ހުއްޓުވަން ޖެހޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑު އީދު ފާހަގަކުރަން ބ. އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން އަންހެނަކު ނިވާކަން ކުޑަ ހެދުން އަޅައިގެން، ބޭއްވި ސްޓޭޖު ޝޯއެއްގެ ވީޑިއޯ އެއްގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އިސްލާމީ މުޖުތަމައު ހަރާބުވެގެންދާން ފުރުސަތުދީގެން ނުވާނެ ކަމަށާއި އަދި އީދު ފާހަގަކުރުން ނަމުގައި ހިންގަމުން އަންނަ މުންކަރާތްތައް ބަލާ އެކަން ހުއްޓުވާނެ ކަމަށެވެ.

އަދި އާންމުންގެ ކުރިމަތީގައި އައުރަ ނިވާ ނުކޮށް ބަރަހަނާ ވެގެން އުޅުމަކީ ދިވެހިންގެ ސަގާފަތެއް ނޫންކަމަށްވެސް ޝަހީމް ވިދާޚުވިއެވެ.

“އިސްލާމީ އީދު ފާހަގަކުރުމުގެ ނަމުގައި ހިންގަމުންދާ ބޮޑެތި މުންކަރާތްތައް ހުއްޓުވުމަކަށް ގެންނަން ޖެހޭ.” ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.