ދ. އަތޮޅު ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު އެކްސިޑެންޓު ވެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނަމަވެސް މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި އަނިޔާވި ދެ މީހުން ވަނީ އެ އަތޮޅު ކުޑަހުވަދުއަށް ގެންގޮސްފައެވެ.