English Edition
Dhivehi Edition
މާލޭ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ

އެމްއޭސީއެލްގެ ވެހިކަލެއް އެއާޕޯޓުގައި އޮއްވާ ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކީ އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެ މީހުންނަކީ، އަހުމަދު ނިޒާމް (މ. މޮޑާމް ކ. މާލެ) އަދި އެމްއޭސީއެލްގެ މުވައްޒަފު މުހައްމަދު ހައިޝަމްއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ފޭސް 2 ގެ އިންޗާޖު ރަޖްމީ ސުވައިދް ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ދުއްވާ ވެހިކަލް ވިލާ ޝެޑަށް ގެންގޮސް ނަންބަރު ޕްލޭޓު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު މާލެ ގެނެސް ދަންވަރު 4:00 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގި ގެއެއްގެ ގަރާޖުގައި ޕާކުކޮށްފައި އޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ގަރާޖުގައި އިމިގްރޭޝަނުން ގެއްލުނު ވެހިކަލްވެސް ފެނިފައިވާ ކަމަށާއި މި ގަރާޖު ހިންގާ ފަރާތުގެ ނަމުގައި 100 ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހަތަރު ފުރުޅުލީ 86 ވެހިކަލް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައވެެ.