ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައާކާ ގުޅިގެން އަންހެނަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
މި މައްސަލައިގައި ހޯދަމުންދަނީ ކ. މާލެ / މ. ލޮނުމިދިލިގެ، ޔުމްނާ އަބްދުއްރައްޒާގު (38އ) އެވެ.
ފުލުހުން ބުނީ ޔުމްނާ އަބްދުއްރައްޒާގު ހޯދަނީ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން 11 ޖޫން 2024 ވަނަ ދުވަހުގެ 11:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ޔުމްނާ އަބްދުއްރައްޒާގުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.