English Edition
Dhivehi Edition
ރަސްމާލެ ހިއްކަން ފެށުން

ރާއްޖޭގެ ޒަމާނީ އަވަށެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރަސްމާލެ، ކަނޑުގެ ލޮނުގަނޑުން 3 މީޓަރު އުސްކޮށް ތަރައްޤީކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ނޫސް “ދަ ގާޑިއަން” ގައި ލިޔުއްވި ޚިޔާލީ ލިޔުމެއްގައި، ރައީސް މި ފާހަގަކުރެއްވި ގޮތުގައި ރަސްމާލެ އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ތަހައްމަލު ކުރެވޭނެ، އެކަމުން ރައްކާތެރިވުމަށް ހެދިފައިވާ އަވަށެވެ. ރަސްމާލެއަކީ އިންޑިއާ ކަނޑުގެ ފުރަތަމަ އިކޯ ސިޓީގެ ގޮތުގައި ތަރައްގީ ކުރެވޭ އަވަށް ކަމުގައި ޞާލިޙް ވިދާޅުވި އެވެ.

މޫސުމީ ގޮތުން އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ބިނާކުރާ ސިޓީ ގޮތަށް ރަސްމާލެ ބިނާކުރުމުގެ ގޮތުން، ކަނޑުގެ ލޮނުގަނޑުން 3 މީޓަރު އުސްކޮށް މިސިޓީ އެޅުމުގެ މަސައްކަތްކުރަނީ އެވެ. އަދި މީގެ ކުރިން ތަރައްގީކުރި ހުޅުމާލޭގައި ވެސް ކަނޑުގެ ލޮނުގަނޑުން 2 މީޓަރު އުސްކޮށް ވަނީ ހިއްކާފަ އެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ މަޝްރޫޢުތަކުގައި ވިސްނަންޖެހޭ ކަންކަމާއި ތިމާވެއްޓަށް އަސަރުކުރާ ކަންކަން ފާހަގަކުރައްވަމުން، އެފަދަ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި ތިމާވެއްޓަށް ކުރާނެ އަސަރުތައް ވަރަށް ސީރިއަސްކޮށް ދިރާސާކުރަންޖެހޭ ކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ދުނިޔެ ހޫނުވުމާ ގުޅިގެން ރާއްޖޭގައި ގާ ހުދުވަމުންދާތީ ބައެއް މުހިންމު ތަރައްޤީގެ މަޝްރޫޢުތައް މިވަގުތު ވަނީ ހުއްޓާލަންޖެހިފަ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ އެކަށޭނެ ތަރައްގީ ކުރުމަށް ކުރާ މަޝްރޫޢުތައް ވެސް ތިމާވެށީގެ ގޮތުން ގިންތިކުރާ އިދާރާތަކުން ހަމަ އާންމު އުމްރާނީ ތަރައްގީގެ ގިންތީގައި ހިމަނާ ކަމަށާއި މިކަމުގެ ސަބަބުން މި މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމަށް ވަނީ ދަތިވެފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ޓެގު