English Edition
Dhivehi Edition

މިމަހު 22 ވަނަދުވަހު ރ. މަޑުއްވަރީގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުންދިން މައްސަލައިގެ ތުހުމަތުގައި މިއަދު ހެނދުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ އެއްމައްސަލައިގައި ޚާއްސަ ތަހުގީގެއް ކުރަމުން ގެންދާ ކަމަށެވެ. ވެހިކަލަށް ގެއްލުންދިނުމުން ފުލުހުންވަނީ އެ އަމަލު ވަރަށްބޮޑަށް ކުށްވެރި ކޮށްފައެވެ. އަދި އެފަދަ އަމަލު ކުރާމީހުންނާމެދު ގާނޫނީ އިމުގެ ތެރެއިން އެޅެންއޮންނަ އެންމެ ހަރުކަށި އާޅާނެ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.