English Edition
Dhivehi Edition

ރ. މަޑުއްވަރީގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުންދިން މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އެއްމައްސަލައިގައި ޚާއްސަ ތަހުގީގެއް ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެ ކަމާބެހޭ އިތުރުއެއްވެސް ތަފްސީލެއް ދެއްވައިފައި ނުވެއެވެ.

ފުލުހުންވަނީ އެ އަމަލު ވަރަށްބޮޑަށް ކުށްވެރި ކުރާކަމަށް ބުނެފައެވެ. އަދި އެފަދަ އަމަލު ކުރާމީހުންނާމެދު ގާނޫނީ އިމުގެ ތެރެއިން އެޅެންއޮންނަ އެންމެ ހަރުކަށި އާޅާނެ ކަމަށްވެސް ފުލުހުންވަނޫ ބުނެފައެވެ.

“މިދަ އަމަލުތައް ފުލުހުން ކުށްވެރި ކުރުމާއެކު މިފަދަ އަމަލުތައްކުރާ ފަރާތްތައް ހޯދައި އެފަރާތްތަކާމެދު ގާނޫނީ ތަރަހައިގެ ތެރެއިން އެޅެންއޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،” ފުލުހުން ބުނެފައިވެއެވެ.