English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން ހަސަން ޒަރީރު އިސްތިއުފާ ދެއްވައިފިއެވެ.

ބީއެމްއެލް އިން ބުނީ، ޒަރީރު ޗެއާމަން ކަމުން އިއްތިސުފާ ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމަށް އޭނާ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާތީ ކަމަށެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށި ދާއިރާ އަށް ވާދަކުރެއްވުމަށް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ޒަރީރު އައްޔަންކޮށްފައި ވަނީ މާޗް 25، 2024 ގައެވެ.