English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން

ޕިކަޕެއްގެ ތެރޭގައި އޮތް ވޮލެޓަކުން ކޭޝްކާޑެއް ވަގަށް ނެގުމަށްފަހު އެ ކާޑުން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ކަނޑުބަލާގޭ އަބްދުﷲ ނާޝިދު (38) އެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނާގެ މައްޗަށް ކުރަނީ ވައްކަމުގެ ކުށުގެ ތުހުމަތު އެކަންޏެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ކޯޓަށް ހުށެހިޅި ހެކިތަކުގެ ތެރޭގައި މި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ފޮޓޯ އަދި ތަހުޤީގު ރިޕޯޓު ހިމެނެއެވެ.

މި މީހާއަކީ ކުރިންވެސް ކުށުގެ ރެކޯޑް އޮތް މީހަކަށްވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.