“ޖަމްއިއްޔާތަކުގެ މަހާސިންތާ 2024” ހުވަދު އަތޮޅުއުތުރުބުރީގައި ބާއްވަން ނިންމާ މި މަހާސިންތާ މިމަހު ފަށަން ތައްޔާރުވެއްޖެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެއް ކަމަށެވެ.
މީގެ އިތުރުން ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް މި މަހާސިންތާގައި ރާވާފައިވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަހު ގއ. ވިލިގިލީގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މިހަރާކާތުގެ ބައިވެރިންގެ ތެރޭގައި އަތޮޅަށް ނިސްބައްވާ މަދަނީ ޖަމްޢިއްޔާތަކާއި ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕމެންޓް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ގއ. އަތޮޅުގައި ހަރަކާތްތެރިވާ މުއައްޒަފުން ހިމެނެއެވެ.
މި މަހާސިންތާގެ މަގުސަތުތައް:
ޔޫތު މިނިސްޓްރީން ބުނީ ޖުމުލަ 60 ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މަހާސިންތާ އޮންނާނީ 25-27 މޭއި 2024ގައި ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގެ ހޯލު ގައިކަމަށެވެ. މި މަހާސިންތާގައި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުލޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ވަނީ ހަމަޖެހިފައެވެ.