English Edition
Dhivehi Edition
މާލެ ސިޓީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. މިއީ މި މަހުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮތް މީހާ މިއަދު ފެނިފައިވަނީ މ. ރަބީއުވިލާ ގޭގެ ގްރައުންޑު ފްލޯއިންނެވެ. އަދި މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 2:20 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ގެ ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޓީމަކުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މ. ރަބީއުވިލާގައި މި އަހަރުގެ އެޕްރީލް 10 ވަނަ ދުވަހުވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި ގެއަށް ވަރަށް ބޮޑު ގެއްލުންތަކެއްވި އިރު، ގޭގައި މީހުން ދިރިނޫޅޭ ކަމަށްވެސް އެ ގޭގެ ވެރިފަރާތުން ސޯޝަލް މީޑިއާގައި އޭރު ޕޯސްޓުކޮށްފައިވެ އެވެ.

މި މަހުގެ 13 ވަނަ ދުވަހު ބަނޑޭރި ކޮށީގައި ހުރި ގެއަކުން ވެސް މަރުވެފައި އޮތް މީހަކު ފެނިފައިވެ އެވެ. އެ މައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނީ ތަހުގީގު ކުރުމަށް މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ.

ޓެގު