English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

އައްޑޫ ސިޓީ އިން ފެށިގެން ފުވައްމުލައް ސިޓީ އަށް މޫސުން ގޯސްވެ، އޮރެންޖު އެލަރޓު ނެރެފިއެވެ.

މެޓް އޮފީހުން މި އެލަރޓު ނެރެފައިވަނީ މިއަދު 03:00 އިން ފެށިގެން މިރޭ 07:00 އާއި ދެމެދުގެ ވަގުތަށެވެ. އަދި މި ވަގުތުތަކުގައި އެ ސަރަހައްދުގައި ވަޔާއި ކަނޑު ވަރަށް ގަދަވާނެކަމަށް ބުނެއެވެ.

މެޓް އޮފީހުން ބުނީ ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުޅަނގު މޫސުުގެ ވިއްސާރަ ރާއްޖެއަށް ކުރަމުންދާއިރު، މުޅި ރާއްޖެއަށް ވައިޓް އެލަރޓު ނެރެމުން އަންނަލެއް ގިނައިރު، ބައެއް ސަރަހައްދަށް ޔެލޯ އެލަރޓު ވެސް ދަނީ ނެރެމުންނެވެ.

މި ވިއްސާރައިގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވެ، ޚާއްސަކޮށް ރޭގަނޑު ދަތުރު ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.