އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން ބޭއްވި ހާއްސަ ލަކީޑްރޯގެ ނަސީބުވެރި ފަރާތް، ޕީއެސްޖީ މެޗު ބެލުމަށް ޕެރިސް އަށް ފުރައިފިއެވެ.
މިލަކީ ޑްރޯގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ އުރީދޫގެ ސުޕަނެޓު ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމެވެ. އުރީދޫ އިން ބުނީ އުރީދޫގެ “ފްލައި ޓު ޕެރިސް” ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ޕީއެސްޖީއަށް މެޗު ބަލަން ދިއުމަށް ފުރާފައިވަނީ އުރީދޫގެ ދެ ސްޓާފުންނާ އެކުގައި ކަމަށެވެ.
ޕެރިހައް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއި އެކު އެކޮމަޑޭޝަން ގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމް ގެ އުރީދޫ ވީއައިޕީ ލައުންޖުގައި އޭޕްރީލް 21، 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
މި ލަކީޑްރޯއަކީ މިދިޔަ އަހަރު އޮކްޓޯބަރު 18 އިން ފެށިގެން ޑިސެމްބަރު 31، ދޭތެރޭ އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ލަކީޑްރޯއެކެވެ.