English Edition
Dhivehi Edition
ފޮޓޯ: ސަން

ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށް ފަހު، ކްލަބްތަކާއި އެކު ކުރިޔަށް ގެންދިއަ މަޝްވަރާ ތަކަށްފަހު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ ޖޫން މަހު 15 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން އަލުން ފަށަން ނިންމައިފިއެވެ.

ކްލަބްތަކުގެ ލަފާ ހޯދަން އެފްއޭއެމް އިން ފުރަތަަމަ އެކުލަވާލި ޑްރާފްޓް ކަލަންޑަރުގައިވާ ގޮތުން، ސީޒަން ހުޅުވާ މެޗު ތާވަލުކުރީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ. ނަމަވެސް ސީޒަން ފެށުމަށް ކްލަބްތަކުން އެކަށީގެންވާ ވަރަށް ތައްޔާރުވެވިފައި ނުވާތީ ކުއްލިއަކަށް ސީޒަން ފަށަން ކްލަބުތަކުން އެއްބަސްވެފައެއް ނުވެއެވެ.

މި ސަބަބާއި ހުރެ، ކްލަބްތަކުން އެދުނީ ފުޓްބޯޅަ ސީޒަން ފެށުން އަންނަ ޖޫން އަށް ފަސްކުރުމަށެވެ. ކުލަބުތަކުން އެދުނު ގޮތަށް އެފްއޭއެމްގެ ނިންމުން ނިންމައި، ސީޒަން ކަަލަންޑަރު ވަނީ ޖޫންމަހަށް ފައިނަލް ކޮށްފަ އެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗު މިހާރު ތާވަލު ކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހަށެވެ.

އެފްއޭއެމް ކަލަންޑަރުގެ މުހިންމު ތާރީހުތައް

އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތް ފެށުން – 20 މޭ

ޗެރިޓީ ޝީލްޑް މެޗު – 15 ޖޫން

ޕްރެސިޑެންޓްސް ކަޕް – ޖޫން 22 އިން ޖުލައި 22 އަށް

އެފްއޭއެމް 14 އަހަރުން ދަށުގެ މުބާރާތް ފެށުން – 12 އޮގަސްޓް

ދެވަނަ ޑިވިޝަން ފެށުން – 7 އޮކްޓޯބަރު

ތިންވަނަ ޑިވިޝަން ފެށުން – 5 ޑިސެމްބަރު

އެފްއޭއެމް 12 އަހަރުން ދަށު މުބާރާތް ފެށުން – 6 ޑިސެމްބަރު

އެފްއޭ ކަޕް ފެށުން – 28 އޮކްޓޯބަރު

އިންވިޓޭޝަނަލް ކަޕް – 25 ޖެނުއަރީ 2025

ކްލަބްތަކަށް ދީފައިވާ ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން، ގައުމީ ޓީމުތަކަށް އޮތް މުބާރާތްތަކުގެ ތެރޭގައި ކަލަންޑަރު ކޮށްފައިވަނީ ޖޫން މަހުު ތެރޭގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށާއި އޮގަސްޓް މަހު ސާފް 20 އަހަރުން ދަށުގެ މުބާރާތާއި ސެޕްޓެމްބަރު މަހު އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން އާއި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައިވާއިރު، އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ މަސް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް އޮތް އަށް ކްލަބެވެ. މިދިޔަ ސީޒަނުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން، ލީގުން ވަކިވި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާގެ ތެރެއިން، ވެެލެންސިއާ މި ވަގުތު އޮތީ އެފްއޭއެމްގެ ސަސްޕެންޝަންގަ އެވެ. އެއީ، އިދާރީ މައްސަލައެއް ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އެ ކްލަބަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

ކްލަބްތަކަށް އެފްއޭއެމް އިން ދީފައިވާ ކަލަންޑަރުގައިވާ ގޮތުން، ފުޓްބޯޅަ ސީޒަން ފަށާ މެޗު، ޗެރިޓީ ޝީލްޑް މެޗުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗު އޮންނާނީ ޖޫން 15 ވަނަ ދުވަހު އެވެ. ޖޫން 18 ގައި ފަށާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އޮތީ ޖުލައި 22 އަށް ތާވަލުކޮށްފަ އެވެ.

ދިވެހި ޕްރިމިއާ ލީގު ފަށަން ތާވަލުކޮށްފައި އޮތީ އޮގަސްޓް 1 ވަނަ ދުވަހަށެވެ. އެއީ، އަންނަ އަހަރުގެ ޖެނުއަރީ ނުވަ ވަނަ ދުވަހާ ހަމައަށެވެ. އޮކްޓޫބަރު 28 ގައި ފަށާ އެފްއޭ ކަޕްގެ ފައިނަލް ކުޅެން އޮތީ ޖެނުއަރީ 20 ގަ އެެވެ.